logoEN
cocacola
ރައީސް މިއަދު ބޮޑު ކަންނެލި މަސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް މިއަދު ބޮޑު ކަންނެލި މަސްވެރިންނާ ބައްދަލުކުރައްވަނީ

އަލްފާ އަލީ

logo

9/2/2024, 6:52:43 AM

# ރައީސް މުއިއްޒު# ރައީސް އޮފީސް

ރައީސު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ, މިއަދު ވަރަށް މުހިންމު ދެ ބައްދަލުވުމެއް އެބަ އޮތް ކަމަށެވެ. އެއް ބައްދަލުވުމަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއިއެކު ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމަށް އެ ޔޫނިއަންގެ އެންމެ އިސް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ, ބޮޑު ކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށ ގެންދިޔުން ކަމަށެވެ. އެހެން ކަމުން މިއަދުގެ ބައްދަލުވުމުގައިވެސް މުހިންމު މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ގެދޮރުވެރިކަމުގެ ޔޫނިއަންތަކާއެކު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. އެ ބައްދަލުވުމުގައި ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓީ ޒަންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރައްވެހިންގެ ޖަމިއްޔާ ބައިވެރިވެލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ ޔޫނިއަންތަކާ އެއްކޮށް ކުރިއަށް ގެންދާ ބައްދަލުވުމުގައި, އެ ބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވައި ގެދޮރުވެރިކަމުގެ ދާއިރާއިން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި ކުރިއަށް އޮތްތާއި ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ވެސް ހިޔާލާއި މަޝްވަރާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ