logoEN
cocacola
ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސް

ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސް

އަހުމަދު ޝުރާއު

logo

9/15/2024, 7:13:42 AM

# ރައީސް މުއިއްޒު

--

ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމް ދީނުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސްގެ ފޯސްޓުގައި ވިދާޅުވެފައިވަނީ ގައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށްކަމަށެވެ.

View post on Twitter

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ޑިމޮކްރަސީ ދުވަހެވެ. ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ ހައްގުތަކާއި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ މުހިއްމުކަން ހާމަކުރުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ