logoEN
cocacola
މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަަނަށް އެމްއޭސީއެލުން ތައްޔާރީތައް ފަށައިފި

މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަަނަށް އެމްއޭސީއެލުން ތައްޔާރީތައް ފަށައިފި

އަހުމަދު ޝުރާއު

logo

8/31/2024, 4:11:56 PM

# އެމްއޭސީއެލް

--

މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޜަން (އެފް.އެމް.ޔޫ.ޑީ) އިން މިއަދު ޚާއްސަ އިވެންޓެއް ބާއްވައިފިއެެވެ.

ގޮސިޔާ

އެމްއޭސީއެލުން މިއަދު ބުނީ 'ވިންޓަރ ޕްރެޕް ކިކްއޮފް 2024' ގެ ނަމުގައި ބޭއްވި އިވެންޓްގެ މަޤްޞަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާއި ޙިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކުރުން ކަމަށެވެ.

މި އިވެންޓްގައި އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއި އެއަރލައިންތަކަށް ފަސޭހަ އަދި ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ޤާއިމްކުރުމަށް ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއިއެކު ޓަރމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން ވަނީ މަސައްކަތް ފަށާފައިކަން އެމްއޭސީއެލުން ހާމަކުރެއެވެ.

މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ސީ.އީ.އޯ ޝަރީފް ވިދާޅުވީ އެފް.އެމް.ޔޫ.ޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއްކަމަށެވެ. ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ސީ.އީ.އޯ ދެއްވިއެވެ.

މި އިވެންޓްގައި އެފް.އެމް.ޔޫ.ޑީގެ ޑިޕަރޓްމަންޓްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވާއިރު، ޑިޕަރޓްމަންޓްތައް ގުޅިގެންކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ