logoEN
cocacola
ލޭނު މަސްވެރިކަމަށް ހުއްދަނުދޭން ނިންމުމުން ބޮޑުކަންނެލި މަސްވެރިންގެ ޝުކުރު ރައީސް މުއިއްޒު އަށް!

ލޭނު މަސްވެރިކަމަށް ހުއްދަނުދޭން ނިންމުމުން ބޮޑުކަންނެލި މަސްވެރިންގެ ޝުކުރު ރައީސް މުއިއްޒު އަށް!

އަލްފާ އަލީ

logo

8/29/2024, 10:44:05 AM

# ރައީސް އޮފީސް# ބީކޭއެމްޔޫ# ބޮޑުކަންނެލި މަސްވެރިކަން

-

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަން އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާކޮށްފި އެވެ.

ގޮސިޔާ

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ, ލޭނު މަސްވެރިކަމަށް ހުއްދަދޭން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިިގެން ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަން އިން ބުނެފައިވަނީ, ކަންނެލި މަސްވެރިކަމަށް ލޭނުއެޅުމަށް ހުއްދަ ދިނުމުން މަސްވެރިންނަށާއި މަސްވެރި އާއިލާ ތަކަށް ދިމާވާނެ ގޮންޖެހުންތައް ބަޔާންކޮށް އެ ޔުނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީ ބަލައިގަނެ ނިންމެވި ނިމެވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނޭ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ