logoEN
cocacola
އެމްއެންޑީއެފަށް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފި

އެމްއެންޑީއެފަށް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

8/29/2024, 7:02:17 AM

# އެމްއެންޑީއެފް

--

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްދެއްވައިފިއެވެ.

ގޮސިޔާ

ޔޫރަޕިއަން ޔޫނިއަން ސަރވިސް ފޮރ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްއިން ފަންޑުކޮށްދެއްވާފައިވާ އިކުއިޕްމަންޓް ހަވާލުކޮށްދެއްވުމަށް ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.

މިއަދު ހަދިޔާކުރެވިގެންދިޔަ އިކުއިޕްމަންޓާއެކު، ދިވެހިރާއްޖޭގެ ޚާއްޞަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ