logoEN
cocacola
ރެނާޓާސް އާރުއޯ ޕްލާންޓް ހައުސްގައި އަލިފާނުގެ ހާދިސާއެއް!

ރެނާޓާސް އާރުއޯ ޕްލާންޓް ހައުސްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

8/26/2024, 2:41:00 PM

# އެމްއެންޑީއެފް

--

ހުޅުމާލޭ ފޭސް 3 ގައި އަލިފާނުގައި ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

ސިފައިން މިއަދު ބުނީ ހުޅުމާލެ ފޭސް 3 ގައި ހުންނަ ރެނާޓާސްގެ އާރުއޯ ޕްލާންޓް ހައުސްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 15:32 ހާއިރު ކަމަށާއި ރިޕޯޓާއި އެކު ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ސިފައިން ބުނެއެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އާރުއޯ ޕްލާންޓް ހައުސްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ 16:36 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ސިފައިން ބުނެއެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ