logoEN
cocacola
ނައިބު ރައީސްގެ މާނަފުން ޕޯސްޓެެއް!

ނައިބު ރައީސްގެ މާނަފުން ޕޯސްޓެެއް!

އަހުމަދު ޝުރާއު

logo

8/24/2024, 9:31:03 AM

# ނައިބު ރައީސް ހުސެއިން

--

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިއަދު ވަނީ މީސްމީޑީއާއަށް ވަރަށް މާނަފުން ޕޯސްޓެއް ދޫކުރައްވާފައި އެވެ.

ގޮސިޔާ

ނައިބު ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ނައިބު ރައީސް އެކްސްގައި އާންމުކޮށް ޕޯސްޓުކުރައްވަނީ ތަފާތު އެކި މުނާސަބަތުތަކާއި ރައީސުލްޖުމްހުރިއްޔާގެ ނައިބުގެ ހައިސިއްޔަތުން ކުރައްވާ އެކި ޕޯސްޓުތަކެވެ. ނަމަވެސް މިއަދުގެ ޕޯސްޓު ތަފާތެވެ. ދޫކުރެއްވީ މާނަފުން މެސެޖެކެވެ. ނަސޭހަތެކެވެ.

މިއަދުގެ 12:44 ހާއިރު އެކްސްގައި ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި އެއީ ދުނިޔޭގެ އާދަ ކަމުގައި އެވެ.

"އެ ލިބުނު ވަގުތަށް އިހްތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާރަނގަޅެވެ. އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ،" ނައިބް ރައީސް ވިދާޅުވި އެވެ.

މި ޕޯސްޓާއި އެކު ގިނަ ބަޔެއްގެ އެތަކެއް ސުވާލުތަކެއް އުފެދިއްޖެ އެވެ. ނުސީދާކޮށް ނައިބު ރައީސް މި ވިދާޅުވި ބަސްކޮޅު ރައްދުވަނީ ކޮން ފަރާތަކަށް ތޯއެވެ.

ގިނަ ބަޔަކު ބުނާގޮތުގައި މި ޕޯސްޓު ނައިބު ރައީސް ރައްދުކުރެއްވީ އެމަނިކުފާނު ނުހަނު އަރިސްކޮށް އުޅުއްވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއަށެވެ. ސަބަބަކީ ރައީސް މުއިއްޒުގެ ރަނިންމޭޓްގައި ގޮތުގައި ހުސެއިން އަށް ފުރުސަތު ލިބިވަޑައިގަތީ ޔާމީންގެ ރެކޮމެންޑޭޝަން އެއްގެ ގޮތުގައި ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރަންޓް އޮފީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވެފައި ވުމެވެ.

View post on Twitter

އަދި ރައީސް ޔާމީންގެ ނުސީދާ ފާޑުކިޔުންތަކެއް ނައިބު ރައީސް ހުސެއިން ހިމެނިވަޑައިގަންނަވާހެން އެމަނިކުފާނާއި އެކު ސިޔާސީ މަސައްކަތްކުރައްވަމުން ގެންދެވި ފަރާތްތަކަށް އަމާޒުކުރަމުން އައުމެވެ.

ރައީސް ޔާމީނާއި އެކު އެންމެ އަރިސްކޮށް ސިޔާސީ މަސައްކަތްކުރެއްވި ފަރާތްތަށް މިވަގުތު ތިއްބެވީ އެމަނިކުފާނާއި ދެކޮޅަށެވެ. ސަބަބަކީ އެބޭފުޅުން ދެކޭގޮތުގައި ރައީސް ޔާމީންގެ "އަމިއްލަ އެދުން" މާބޮޑީއެވެ. ވެރިކަން ނޫން އެހެން އެއްޗެއް ބޭނުންފުޅު ނުވަނީ އެެވެ. ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ވެރިކަން ކުރައްވަން ޔާމީންގެ ހިތްޕުޅު ގަޔާނުވަނީއެވެ. ބޭނުންފުޅު ވަނީ އާރާއި ބާރެވެ. ވެރިކަމުގެ ތަހުތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ