logoEN
cocacola
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސީޝެލްސްގެ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކޮށްފި

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސީޝެލްސްގެ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކޮށްފި

އަހުމަދު ޝުރާއު

logo

8/22/2024, 5:51:07 PM

# އެމްއޭސީއެލް

--

ސީޝެލްސްގެ ދަތުރުފަތުރާބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރުމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމް.އޭ.ސީ.އެލް) އިން މިއަދު މަރުހަބާއެއް ކިޔައިފި އެވެ.

ގޮސިޔާ

އެމްއޭސީއެލުން ބުނީ މިއީ ސީޝެލްސް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް އެފަރާތްތަކުން ކުރި ޒިޔާރާތެއް ކަމަށެވެ.

މި ޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުން ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަފްލާހް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުއާޒް ރަޝީދު އަދި ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލް މުހައްމަދު ފިރާޤް ބައިވެރިވެވަޑައިގަތެވެ.

ސީޝެލްސްގެ ވަފުދުން ބުނިގޮތުގައި އެފަރާތްތަކުގެ ޒިޔާރަތުގެ އެންމެ ބޮޑު ބޭނުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖެއިން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަނެ، ސީޝެލްސްއިން އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެ ތަޖުރިބާގެ ބޭނުން ހިފުމެވެ. އެހެންކަމުން ސީޝެލްގެ އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާއި، ގެންގުޅުއްވާ ވިސްނުން ޙިއްސާކޮށް އެކަމުގައި އެމް.އޭ.ސީ.އެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާވަނީ ހޯދާފައެވެ.

View post on Twitter

މީގެ އިތުރުން ރާއްޖެފަދަ ޖަޒީރާ ޤައުމަކުން މިހާ ފުރިހަމަ އެއަރޕޯޓެއް ތަރައްޤީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާމެދު ޚިޔާލު ބަދަލުކޮށްފައިވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި، އެއަރޕޯޓުގެ މަސައްކަތްތައް ހިނގަމުންދިޔަ ދުވެލި ބާރު ކުރުމަށް ކުރެވެމުންދާ ކަންކަން ވެސް ހިއްސާ ކުރެވިފައިވެއެވެ.

މި ބައްދަލުވުމަށްފަހު ވަފުދުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތް ބަލާފައެވެ. އަދި ތަރައްޤީ ކުރަމުން އަންނަ އައު ޓާރމިނަލާއި އެއާއިގުޅޭ އެހެނިހެން މަސައްކަތްތައްވެސް ބަލާފައި ވެއެވެ.

އެއަރޕޯޓުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އައު ކޯޑް-އެފް ރަންވޭއަކާއި، އައު ސީޕްލޭން ޓަރމިނަލަކާއި، އައު ކަރގޯ ޓަރމިނަލަކާއި، އައު ފިޔުލް ފާމް ވަނީ އޮޕަރޭޝަނަލައިޒްކޮށްފައެވެ. އަދި އެމް.އޭ.ސީ.އެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ނިޔަލަށް އައު ޓަރމިނަލްގެ ބައެއް ޚިދުމަތްތައް ފަށައިގަތުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ