
ރާއްޖެއާ ސައުދިއާއި ދެމެދު އިންވެސްޓްމެންޓު ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
# ފޮރިން މިނިސްޓްރީ# ރާއްޖެ - ސައުދީ--
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައޫދީ އަރާބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުޜުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ސައޫދީގެ އިންވެސްޓްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ސައޫދީގެ އެސިސްޓެންޓް އިންވެސްޓްމަންޓް މިނިސްޓަރ ހިޒް އެކްސެލެންސީ އިބްރާހީމް ބިން ޔޫސުފް އަލްމުބާރަކަށް ދިވެހިރާއްޖޭގައި ހުރި އިންވެސްޓް ކުރަން ހުރި ފުރުޞަތު ތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިޤްދިސާތީ ތަރައްޤީއަށް ސައުދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު، ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަޙުމަދު ފަޒީލްގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި
-1744078538920.webp&w=3840&q=75)
މިނިސްޓަރު ހަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމްއާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޚަލީލް މޯލްޓާއަށް!

ނެދެލަންޑްސް އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
