
އިންސާނީ އުސޫލުތައް ދިފާއުކޮށް، އެހީދޭ މީހުންނާއި އެމީހުން ޚިދުމަތްކުރާ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމީރު ގޮވާލައްވައިފި
# މޫސާ ޒަމީރު--
އިންސާނީ އުސޫލުތައް ދިފާއުކޮށް، އެހީދޭ މީހުންނާއި އެމީހުން ޚިދުމަތްކުރާ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ.

ވަޒީރު މިހެން ގޮވާލެއްވީ މިއަދު ފާހަގަކުރާ 'ވޯލްޑް ހިއުމެނިޓޭރިއަން' ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކުގެ އަސަރު ކުރި މީހުންނަށް ފުރާނަ ސަލާމަތް ކުރުމުގެ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިވެރިވާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކުރައްވާ ފާއިތުވި އަހަރުތަކުގައި މި މަސައްކަތްތެރިންނަށް ދޭ ހަމަލާތައް އިތުރުވަމުންދާއިރު، ޚާއްސަކޮށް އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުމެއްް ކަމަށް ވަޒީރު ވަނީ ބަޔާން ކުރައްވާފައެވެ.
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ދިވެހި ސަރުކާރުން އަންނަނީ ބައިނަލަގްވާމީ ގޮތުން ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެެ މުޖުތަމައުތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންނެވެ.
ގުޅުންހުރި

އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންޖެހޭ ހާލަތެއް ނެތް - ޒަމީރު

މިނިސްޓަރ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް!

އިންސާނީ އުސޫލުތައް ދިފާއުކޮށް، އެހީދޭ މީހުންނާއި އެމީހުން ޚިދުމަތްކުރާ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމީރު ގޮވާލައްވައިފި
