logoEN
cocacola
އަންހެނުންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަަހަރަށް ބޭއްވި މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 އެމް.އޭ.ސީ.އެލް އިން ސްޕޮންސަރކޮށްފި

އަންހެނުންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަަހަރަށް ބޭއްވި މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 އެމް.އޭ.ސީ.އެލް އިން ސްޕޮންސަރކޮށްފި

އަހުމަދު ޝުރާއު

logo

8/19/2024, 6:08:29 PM

# އެމްއޭސީއެލް

--

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ސްޕޮންސަރ ކޮށްފިއެވެ.

ގޮސިޔާ

މިއަދު ހޮޓެލް ޖެންގައި ކުރިޔަށް ދިޔަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ގޮތުން ޙަޤީޤީ ބަދަލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި އަންހެން ކަނބަލުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ކޮންފަރެންސް އެމް.އޭ.ސީ.އެލްއިން ސްޕޮންސަރ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެމް.އޭ.ސީ.އެލްއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ވުމާއިއެކު، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުމުވެ. އަދި ޚާއްސަކޮށް އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި، އަންހެނުން ބާރުވެރިކުރުމަށް ހިއްވަރު ދިނުމަށެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އެމް.އޭ.ސީ.އެލް އޭރޯޑްރޯމް މެނޭޖްމެންޓް ސަރވިސަސްގެ ސީނިއަރ ޖެނެރަލް މެނޭޖަރ މަހަމޫދާ ޝަރީފް ވިދާޅުވީ އިންޖިނިއަރިންގ ދާއިރާއާއި އެއަރފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލީޑަރޝިޕްގެ މަޤާމުތަކުގައި އަންހެނުން މަދުކަމަށެވެ. އަދި ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުން ލީޑަރޝިޕް މަޤާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއި، އަދި ޖިންސުގެ ތަފާތުކުރުމަށްވުރެ ޤާބިލުކަމަށް އިސްކަންދީ، ޖިންސުގެ ފަރަގު ނައްތާލުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުޞަތުތައް އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުމެވެ. މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަން ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މަތީ މަޤާމުތަކުގައި ތަފާތުކުރުން ނައްތާލުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ޒަމާނުއްސުރެ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާފަރާތްތަކާއި މެދު ދެކޭގޮތާއި ބެހޭގޮތުން ޕެނަލްގެ ބައިވެރިން ވަނީ ހިޔާލު ބަދަލުކޮށްފައެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 - ވިމެންސް އެޑިޝަން ބާއްވައިފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިމެން އިން މެނޭޖްމަންޓް، ވިމެން އޮން ބޯޑްސް އަދި ވިމެން އާންޓްރަޕްރެއިނަރސް އެސޯސިއޭޝަން - މޯލްޑިވްސް ފަދަ ޖަމިއްޔާތަކުގެ އެއްބާރުލުމާއި އެކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ