logoEN
cocacola
އެމްއެންޔޫގެ ނޫސްވެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެންޔޫގެ ނޫސްވެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

8/19/2024, 7:55:54 AM

# އެމްއެންޔޫ

--

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މާލެ ކެންޕަސްގައި ކުރިއަށް ގެންދާ އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމްގެ އޮގަސްޓް އިންޓޭކް 2024ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

މި ކޯހަކީ ނޫވެސްރިކަމުގެ ދާއިރާއިން ކުރިއެރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ރަނުގެ ފުރުސަތެކެވެ. އެގޮތުން، މާސްކޮމިއުނިކޭޝަން، މޯލްޑިވިއަން ސްޓަރޑީޒް، ނިއުސް އެންޑް މީޑިޔާ އެތިކްސް އަދި ޑިޖިޓަލް ޖާނަލިޒަމް ފަދަ މާއްދާތަކުގެ އިތުރުން މި ކޯހުގައި ދިވެހި ބަހާއި އިނގެރޭސި ބަސް ވެސް ކިޔަވައިދެވޭނެއެވެ.

އެމް.އެން.ކިއު.އެފް ލެވެލް 4 ގެ މިކޯހުގައި ބައިވެރިވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި، ޖީސީއީ އޯ ލެވެލްގެ 3 ފާސް ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ފެންވަރު ހުރުން ނުވަތަ 18 އަހަރު ފުރިފައިވާ 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު އިނގެރޭސި ބަހުން ލިޔަން ކިޔަން ދަތުމެވެ.

1 އަހަރު ދުވަހުގެ މުއްދަތަކަށް ބަހައިލެވިގެން ކުރިއަށްގެންދާ މި ކޯހުގެ ޖުމްލަ ފީ އަކީ 6،960 ރުފިޔާއެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެމްއެންޔޫގެ ވެބްސައިޓް މެދު ވެރިކޮށް މި ކޯހުގައި ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ