
ތިނަދޫ ސިޓީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ޕަބްލިކް ވާރކްސް ޔުނިޓުގެ އެހީތެރިކަން ލިބެމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށްފި
# ގދ އަތޮޅު ކައުންސިލް# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ--
ގދ އަތޮޅު ކައުންސިލުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކޮށްފި އެވެ.

މިއަދު އެވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ގދ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުالله އާއި ކައުންސިލްގެ އެސްޖީ އާދަމް ނަސީމް އެވެ. އަދި ކައުންސިލްތަކާއި ބެހޭ ވުޒާރާއިން ބައިވެރިވެވަޑައިގެންނެވީ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ތިނަދޫ ސިޓީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ޕަބްލިކް ވާރކްސް ޔުނިޓުގެ އެހީތެރިކަން ކުރިން ލިބެމުންއައި ގޮތަށް މިހާރު ލިބެމުން ނުދާތީ، އެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އަދި މީގެ އިތުރުންވެސް ކައުންސިލްގެ ކަންކަން ހަރުދަނާ ކުރުމާށާއި ކައުންސިލްގެ ދައުރު އިތުރަށް ފުޅާކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށް ވުޒާރާއިން ބުނެއެވެ.
ކައުންސިލުން ހުށަހެޅި ކަންކަން އަޑުއެއްސުވުމަށްފަހު އެކަންކަމަށް ހައްލުތައް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު އާދަމް ޝަރީފް ދެއްވި ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައި އެވެ.