
ޕާކިސްތާނުގެ އައުސަފީރު ޠާހާ ސަފީރު ކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސްއަށް އަރުވައިފި
# ރާއްޖެ - ޕާކިސްތާން--
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޛް މުޙައްމަދު ޠާހާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނު ގެ ރަ އީސް ހިޒް އެކްސެލެންސީ އާ ސިފް އަލީ ޒަރްދާރީ އަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އިސްލާމާބާދުގައި ހުންނަ ރައީސް އޮފީސް އައިވާން އޭ-ސަދްރ ގައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެ މަނިކުފާނު ވަނީ ޕާކިސްތާނުގެ ރައީސްއާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައ،ި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް އަރިސް ކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދޭތެރޭގައި އޮތް ދުވަސްވީ އަހުވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ސާބިތުވެހުންނަވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ. އަދި ފަތްކޮޅު އެރުވުމުގެ އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ޕާކިސްތާނުގެ ރައީސް ގެ ވާހަކަފުޅުގައ،ި ސަފީރުކަމުގެ މަޤާމާ ޙާވަލުވެވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ އެ މަނިކުފާނު ދިވެހި ސަރުކާރަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެރުވިއެވެ.
މި ރަސްމިއްޔާތުގައި ހައި ކޮމިޝަންގެ ސެކްން ޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ޔާސްމީން، ސެކަންޑް ސެ ކްރެޓަނީ އިސްމާޢީލް މުފީދު އަދި ޑިފެންސް އެޑްވައިސަރ ކާނަލް އިދްރީސް ބަދީއު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުންހުރި

ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ޕާކިސްތާނާއިއެކު މަޝްވަރާކޮށްފި

ޕާކިސްތާނުންވެސް ރާއްޖެއަށް އައު ސަފީރެއް!

ޕާކިސްތާނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝައުގުވެރިކަންފާޅުކޮށްފި
