logoEN
cocacola
ޒަމީރު ބަޙްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޒަމީރު ބަޙްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އަހުމަދު ޝުރާއު

logo

8/15/2024, 11:15:15 AM

# ފޮރިން މިނިސްޓްރީ

--

ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާނީއާ ގެ ދަޢުވަތަކަށް، ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ބަހްރައިންއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ގޮސިޔާ

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ވަނީ ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސަލްމާން ބިން ޙަމަދު އަލް ޚަލީފާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާންއާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ކުރެއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބަޙްރައިނުގެ ފޮރިން މިނިސްޓަރ އަށް އެރުވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ، އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ޗެއަރމަން އޮފް ދަ ޓުއަރިޒަމް އެންޑް އެގްޒިބިޝަންއޮތޯރިޓީ، ފާތިމާ ބިންތު ޖަފަރު އަލް ސައިރާފީގެ އިތުރުން ބަހްރެއިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑާއި ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޒަމީރު ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ