logoEN
cocacola
އެމްއެންޔޫ އިން ފޮތް މައުރަޒެއް ބާއްވަނީ

އެމްއެންޔޫ އިން ފޮތް މައުރަޒެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

8/15/2024, 10:33:39 AM

# އެމްއެންޔޫ

--

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިދާރީ މަރުކަޒުގައި ބޭއްވުމަށް ހަވަޖެހިފައިވާ ފޮތް މަޢުރަޒު ނުވަތަ ބުކް ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޮސިޔާ

އެމްއެންޔޫއިން ބުނީ މި ސެޕްޓެމްބަރ މަހުގެ 12 އިން 14 އާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ހަޖެހިފައިވާ މި ބުކް ފެއަރ އަކީ ފޮތް އުފެއްދުމާއި ވިއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން ފޮތް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

އެމްއެންޔޫ ފޮތް މައުރަޒު ގެ ނަމުގައި ބާއްވާ މި ފެއަރ އަކީ ތަފާތު ބާވަތްތަކުގެ އެކި ފޮތްތަށް އާންމު މުޖުތަމަޢުއަށް އިސްތިހާރުކޮށް، އެކި ދާއިރާތަކުގައި ދިވެހި ޒުވާނުންގެ މަޢުލުމާތު މުއްސަނދިކޮށް، ޢިލްމު އުގެނުމާއި ފޮތް ކިޔުމަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ ފެއަރއެކެވެ.

އެގޮތުން، މި ބުކް ފެއަރގައި ބައިވެރިވާ ފަރާތްތަކަށް ގޮނޑި، މޭޒު އަދި 8x8 ފޫޓުގެ ޖާގަ ބުކް ސްޓޯލްގެ ގޮތުގައި އެމްއެންޔޫގެ ފަރާތުން މުޅިން ހިލޭ ފޯރުކޮއްދެވޭނެއެވެ.

މި ފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި ލިންކު މެދުވެރިކޮށް، 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ގޫގަލް ފޯމްގައިވާ މަޢުލުމާތު ފުރިހަމަކުރެއްވުމަށްފަހު، މި ފެއަރގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ