logoEN
cocacola
ރަޝިޔާގެ ކަރސްކް ސަރަހައްދަށް ދަތުރުކުރާ އަދި އެސަރަހައްދުގައި އުޅޭ ދިވެހީން ސާމަލުވުމަށް އެދެފި

ރަޝިޔާގެ ކަރސްކް ސަރަހައްދަށް ދަތުރުކުރާ އަދި އެސަރަހައްދުގައި އުޅޭ ދިވެހީން ސާމަލުވުމަށް އެދެފި

އަހުމަދު ޝުރާއު

logo

8/14/2024, 1:58:38 PM

# ފޮރިން މިނިސްޓްރީ

--

ރަޝިޔާގެ ކަރސްކް ސަރަހައްދަށް ދަތުރުކުރާ އަދި އެސަރަހައްދުގައި އުޅޭ ދިވެހީން ސާމަލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން އެދެފި އެވެ.

ގޮސިޔާ

ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތުއޮތުމުން، މިމިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ދަނީ ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށެވެ.

އަދި މިދަނޑިވަޅުގައި، އެ ސަރަޙައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށްވެސް ވަނީ އެދިފައި އެވެ.

ރަޝިޔާގެ ކަރސްކްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައި އެވެ.

އެމްބަސީއާ ގުޅޭ މައުލޫމާތު

  1. ފޯން: 61 164 129 17 49+
  2. ހޮޓްލައިން: 60 738 200 30 49+
  3. އީމެއިލް: [email protected]

ޔޫކްރެއިނުން ކަރސްކް ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ. މިއާއި އެކު އެސަރަހައްދުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ