logoEN
Sto top
ޕާކިސްތާނުގެ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޕާކިސްތާނުގެ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

އަހުމަދު ޝުރާއު

logo

8/14/2024, 12:03:49 PM

# ރާއްޖެ - ޕާކިސްތާން

--

ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ދިދަ ނެެގުމުގެ ރަސްމިއްޔާތަކާއި އެކު ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

Wamco

ދިދަނެމުގެ ޚާއްސަ ރަސްމިއްޔާތު އޮތީ ހެނދުނު 8:15 ގައި ހުޅުމާލޭގައި ހުންނަ ޕާކިސްތާން އެމްބަސީގަ އެވެ. އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު އެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ ގިނަ އަދަދެއްގެ ޕާކިސްތާނު ރައްޔިތުންނާއި ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނު ރައްޔިތުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ޕާކިސްތާނުގެ ބައްޕަ، ޤާއިދު އަޒަމް މުހައްމަދު އަލީ ޖިނާއަށާއި ޕާކިސްތާނުގެ މިނިވަންކަމުގެ ހަރަކާތުގެ އެހެނިހެން ލީޑަރުންނަށް ތައުރީފު ކުރެއްވިއެވެ.

View post on Twitter

އޭގެ އިތުރުން އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރު (އައިއައިއޯޖޭކޭ) އާއި ފަލަސްތީނުގެ ހިތްވަރުގަދަ ރައްޔިތުން ހަނދާން ހައިކޮމިޝަނަރު އާ ކުރެއްވިއެވެ. އެ ރައްޔިތުންނަކީ 70 އަހަރަށްވުރެ ގިނަ ދުވަހު ހައްގުގައި ހަނގުރާމަކުރަމުން އަންނަ އަދި ދައުލަތުގެ އެންމެ ނުރައްކާތެރި އަނިޔާތަކާ ކުރިމަތިލަމުންދާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ކުރިއެރުމާއި ތަރައްގީއަށް އެދި ހެޔޮ އެދުންތައް ފާޅުކުރެއްވުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މިނިވަން ދުވަހުގެ ޚާއްސަ ކޭކެއްވެސް ފަޅާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC