logoEN
WAMCO TOP 1
ސައިބަރ ސެކިއުރިޓީ ދާއިރާއިން ޔޫއޭއީއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ސައިބަރ ސެކިއުރިޓީ ދާއިރާއިން ޔޫއޭއީއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

8/14/2024, 9:48:10 AM

# ރައީސް މުއިއްޒު# ރާއްޖެ - ޔޫއޭއީ

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ އަރިހަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ޑރ މުޙަންމަދު އަލް ކުވެއިތީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ.ގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ރާއްޖެއަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރި ކަމުގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ.ގެ ލީޑަރޝިޕާއި ސަރުކާރަށް ޝުކުރު އަދާކުރައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި ފުރުޞަތުތަކަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި، ސައިބަރ ސެކިއުރިޓީ އާއި ޑޭޓާ ޕްރޮޓެކްޝަންގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްގޮތަށް އޮފިޝަލުންނަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ދެޤައުމުގެ ދެމެދުގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ކުރިއެރުވުމުގައި ގެންގުޅުއްވާ ތަޞައްވުރާއި ލީޑަރޝިޕަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC