logoEN
cocacola
މުޅި ރާއްޖެއަށް ނެރެފައިވާ ރީނދޫ ސަމާލު ދަންމާލައިފި

މުޅި ރާއްޖެއަށް ނެރެފައިވާ ރީނދޫ ސަމާލު ދަންމާލައިފި

އަހުމަދު ޝުރާއު

logo

8/13/2024, 4:04:42 PM

# މޫސުން# މޫސުމީ ވިއްސާރަ 2024

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަކި ވަކިން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި އެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމި އިދާރާއިން ފުރަތަމަ ނެރުނު ރީނދޫ ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އަދި ދެވަނަ ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށެވެ.

ދެކުނުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލު ދަންމާލާފައިވަނީ މިރޭގެ 00:30 ގެ ނިޔަލަށެވެ. އެގޮތުން އެމުއްދަތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެެ.

View post on Twitter

އުތުރާއި މެދު ރާއްޖެތެރެއަށް ނެރުނު ރީނދޫ ސަމާލު ނެރެފައިވަނީ މިރޭގެ 01:00 ގެ ނިޔަލަށެވެ. އެގޮތުން އެމުއްދަތުގައި ބޯކޮށް ވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެެ.

View post on Twitter

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ކުރިޔަތް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ