logoEN
cocacola
ދުވުންތެރިޔާ ނަޞްރުﷲ އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ނައިބު ރައީސްއަށް ހަދިޔާކުރައްވައިފި

ދުވުންތެރިޔާ ނަޞްރުﷲ އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ނައިބު ރައީސްއަށް ހަދިޔާކުރައްވައިފި

އަހުމަދު ޝުރާއު

logo

8/13/2024, 8:50:34 AM

# ނައިބު ރައީސް ހުސެއިން

--

މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސާޖަންޓް ފަސްޓް ކްލާސް ނަޞްރުﷲ އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ހަދިޔާކުރައްވައިފިއެވެ.

ގޮސިޔާ

މި މެޑައްޔާއި ޖަރޒީ އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ނަޞްރުﷲ ގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

މީގެ އިތުރުންވެސް ނަޞްރުﷲ ބޭނުންފުޅުވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށްޓެވި ނަސްރުالله އަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ، 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެރިވެވަޑައިގެން، އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވުނީ އެއަހަރުކަމަށްވާތީއެވެ. ނަސްރުالله ގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ