
--
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި ސިއްޙީ ފަރުވާދޭ އެހެން ރަށެއްގައި މިޚިދުމަތްފެށި ފުރަތަމަ ފަހަރެވެ.

ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް އެހޮސްޕިޓަލުގައި ދެމުންދާނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ.
އެގޮތުން ޚިދުމަތް ދެއްވުމުގައި އެހޮސްޕިޓަލުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދުއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ރަށްރަށުން ލިބެންހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.
މިޚިދުމަތް ފެށުމަށް ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ ތިން ވަނަ ފޭސްގެ މަސައްކަތް އަމަލީ ގޮތުން ފަށައިފި
ކުޅުދުއްފުށީ ސިޓީގައި ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ގާއިމްކުރަނީ
.webp&w=3840&q=75)
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކޫ ބަދަލުކުރުމުގެ ކާމިޔާބު ސަރޖަރީތަކެއް ކޮށްފި





