logoEN
cocacola
ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް އިންޑީއާއާއި އެކު ރާއްޖެއިން އެފްޓީއޭއެއް ގާއިމްކުރުމުގެ މަޝްވަރާ ފަށަނީ

ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް އިންޑީއާއާއި އެކު ރާއްޖެއިން އެފްޓީއޭއެއް ގާއިމްކުރުމުގެ މަޝްވަރާ ފަށަނީ

އަހުމަދު ޝުރާއު

logo

8/10/2024, 8:11:05 AM

# ރައީސް މުއިއްޒު# ރާއްޖެ-އިންޑިއާ

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް އިންޑީއާއާއި އެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތައް ފަށަން ނިންމާފައިވާކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. މިނިސްޓަރ މިކަން ހާޏަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާއި އެކު ރޭ ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެބޭފުޅުން އެކުގައި ދެއްވީ ބަސްދީގަތުމުގައި އެވެ.

އެގޮތުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރޭ ދެގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަން މަޝްވަރާކުރެވި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާކުރާނެ ހަރުދަނާ އަދި ތަނަވަސް ޕާޓްނަރޝިޕެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުން އިންޑިއާ ސަރުކާރާއި ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޤްތިޞާދީ އަދި ވިޔަފާރީގެ އެހެނިހެން އެއްބަސްވުންތަކާއެކު މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ލުއިފަސޭހަކަން އިތުރުވެ، ދެޤައުމުގައި ވެސް ވިޔަފާރީގެ ނުރައްކާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ