
ކޮމިޝަނަރ އޮފް ޕޮލިސް, އެމްޕީއެލްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް# އެމްޕީއެލް--
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމް ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި މިހާރު ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަވަސްކުރުމާއި، އެމްޕީއެލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ދެފަރާތުން ގުޅިގެން މަސައްކަތްކުރުމާއި ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި، ޕޯޓުތަކުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މި ބައްދަލުވުމުން މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

ރާއްޖޭގެ ދާޚިލީ ސަލާމަތަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތި: ވަޒީރު ޢަލީ އިޙްސާން

ފުލުހުންގެ އަސާސީ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެވުން މިރޭ!




