logoEN
cocacola
ޗައިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފި

ޗައިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފި

އަހުމަދު ޝުރާއު

logo

8/6/2024, 4:06:34 PM

# ޗައިނާ - ރާއްޖެ

--

ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފިއެވެ.

ގޮސިޔާ

ޓެސްޓް ކިޓް ހަވާލުކުރެއްވުން ކުރިއަށް ދިޔައީ ޗައިނާގެ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ގުޅިގެން މިއަދު ކުރިއަށްދިޔަ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައެވެ.

މިތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާއެވެ.

ޗައިނާއިން ހަދިޔާކުރި ތަކެއްޗަކީ ޗައިނީސް ޔުއާންގެ 100،000 އަގު ހުރި ތަކެތި ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ