logoEN
cocacola
ތަރުކާރީއާއި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތައާރަފްކުރުމަށް އެހީވާން ޗައިނާއާއިއެކު ސޮއިކޮށްފި

ތަރުކާރީއާއި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތައާރަފްކުރުމަށް އެހީވާން ޗައިނާއާއިއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/6/2024, 3:57:24 PM

# ޗައިނާ - ރާއްޖެ

--

ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޗައިނާގެ ސިޝުއާންއާއި އެކު ސޮއިކޮށްފި އެވެ.

ގޮސިޔާ

މިއަދު އޮތް ރަސްމިއްުާތެއްގައި ރާއްޖޭގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ސޮއިކޮށްފައިވަނީ ޗައިނާގެ 'ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' އާއި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސާ' އާ ދެމެދު އެވެ.

މި އެމް.އޯ.ޔޫ ތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލް އެންޑް އެނިމަލް ވެލްފެއަރ ގެ ޑިރެކްޓަރ އަލީ އާމިރު އާއި ޑިރެކްޓަރ އަލީ އާމިރު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ 'ސިޝުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް ޒޫ ބިން އަދި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް' ގެ ފަރާތުން ޕްރެޒިޑެންޓް މު ޖިންގީ އެވެ.

މި އެމްއޯޔޫގެ މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ތަރުކާރީ ، މޭވާގެ ، އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުން ހިމެނެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީ ކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީ ތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދު ދިނުމާއި މީގެ އިތުރުން ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމާއި ގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައިއެއްބާރުލުން ދިނުމަށް މި އެމް. އޯ. ޔޫގައި ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ