
ބަންގްލަދޭޝްގައި ދިރިއުޅުއްވާ އަދި އެގައުމަށް ދަތުރުކުރައްވާ ދިވެހިން ސަމާލުވުމަށް އެދިއްޖެ
# ބަންގްލަދޭޝް# ހާރިޖީ ވުޒާރާ-
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ.

ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކަށް، ހައިކޮމިޝަނުން ގަވައިދުން ގުޅައި ހާލު ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
މިދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށްވެސް ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމް އަށް!

ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސަމާލުކަމަށް އައިސްފި، އިސްކުރާނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު - އިންޑިއާ

ހަސީނާގެ މައްޗަށް މަރުގެ ހުކުމް: ބަންގްލަދޭޝާއި އޭނާ ހަވާލުކުރުމަށް އިންޑިއާގައި ރަސްމީކޮށް އެދެފި





