
-
މޯލްޑިވްސް މީޑިއާ ވިލެޖް ގާއިމު ކުރުމާ ގުޅޭ ގޮތުން ދެ މިނިސްޓްރީއަކުން މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ދެމެދު އެވެ. ދެ މިނިސްޓްރީގެ ބައްދަލުވުމުގައި މީޑިއާ ވިލެޖް ގާއިމު ކުރަން ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ޖާގައާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މީޑިއާ ވިލެޖްއެއް ގާއިމްކުރުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒޔގެ ވައުދުފުޅެކެވެ. އެގޮތުން މިހާރު ސަރުކާރުން ނިންމާފައިވަނީ އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށި ހޮޓަލުގެ ފްލޯތަކެއްގައި މީޑިއާ ވިލެޖް ހެދުމަށެވެ.
މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އެސްޓީއޯ ހޮޓެލް އިމާރާތް ހުރީ އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.




