logoEN
cocacola
ސިފައިންގެ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު މާލޭގައި

ސިފައިންގެ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު މާލޭގައި

އަލްފާ އަލީ

logo

8/2/2024, 8:46:24 AM

# މިނިވަން ދުވަސް

-

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގައުމީ ދިފާއީ ބާރުން ބާއްވާ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.

ގޮސިޔާ

އެމްއެންޑީއެފުން ބުނެފައިވަނީ, 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މަގުމަތީ ހިނގާލުން މިފަހަރު މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ބާއްވާ ހިނގާލުންމިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު ހުޅުމާލޭގައި ބާއްވާ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ހަވީރު އެވެ. ހުޅުމާލޭގައި ބާއްވާ ހިނގާލުން އޮންނާނީ ހުޅުމާލެ ފޭސް 1 ގެ ބޮޑެތި މަގުތަކުގައި ކަމަށާއި މާލޭގެ ހިނގާލުން އޮންނާނީ މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށް ސިފައިން ބުނެއެވެ.

މި ދެ ހިނގާލުންވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:15 ގައި އެވެ. މިއަގުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ 4:15 ގައި ބަންޑާރަކޮށި ސަރަހައްދުންނެވެ. މި ހިނގާލުމުގައި ޖުމްލަ 5 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ބުނެއެވެ.

މާލޭގައި އޮންނަ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ