
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު: ކާރު ދުއްވަން އިން މީހާ ފިލައިފި, ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް# ހުޅުމާލެ ފޭސް 2--
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލާގައި އެކްސިޑެންޓުވި ކާރު ދުއްވި މީހާ ފިލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓުތައް ކައިރީގައި ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ މި މައްސަލާގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓު ވުމުން ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންކަން މީޑިއާ އޮފީޝަލް ވިދާޅުވިއެވެ.
މި އެކްސިޑެންޓުގެ ސީސީޓީވީ ވީޑީއޯއެއް މިހާރު މީސް މީޑީއާގައި ދައުރުަމުން އަންނަ ވީޑިއޯއެއް ފެންނަ ގޮތުގައި ކާރު އައިސް ސައިކަލުގައި ޖެހުމުން ސައިކަލުގެ އިން މީހާ ވިއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބޭ މަންޒަރު ފެނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރަސްގެތީމުގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަންތިބި 9 މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
.jpg&w=3840&q=75)
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުން ދިޔަ ދިވެހި ޒުވާނާވެސް ނިޔާވެއްޖެ





