
-
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް ކައުންސިލްތަކަށްދީ، ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވުޒާރާގެ ޓީމެއް ލ. އަތޮޅުގައި މި މަސައްކަތުގައި ޢަމަލީގޮތުން އަންނަނީ ބައިވެރިވެ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަމުންނެވެ.
އޮޕަރޭޝަން "ކުރަނގި"އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ ކ.ހިންމަފުއްޓާއި، މާފުށީގައެވެ.
"ކުރަނގީ"ގެ ދެވަނަ ފިޔަވަހީގެ ދަށުން މުޅި ރާއްޖޭގައި މިއަދު ވަނީ އޮޕަރޭޝަން ފަށާފައެވެ. ދެވަނަ ފިޔަވަހި ފެށުމަށް ލ. އަތޮޅުގައި ވުޒާރާގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މަސައްކަތާއި ގުޅޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރަނގި އޮޕަރޭޝަންގެ ޕޯޓަލްއަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، ލ. އަތޮޅު ގަން އަދި ފޮނަދޫގައި ބިދޭސީންގެ މައްސަލަ ބޮޑުކަން އެރަށް ރަށުގެ ކައުންސިލްތަކުން ފާހަގަކުރައްވާކަމަށެވެ. އެގޮތުން އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިމައްސަލަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!
.webp&w=3840&q=75)
އޮޕަރޭޝަން ކުރަނގި 13 ރިސޯޓަކަށް!
