logoEN
cocacola
ޖަވާބު އިނގޭނީ އާޝާ އަށް! ޔޫއްޕެ ބުނި އެއްޗެއް ބުނީ އަސްލަށް!

ޖަވާބު އިނގޭނީ އާޝާ އަށް! ޔޫއްޕެ ބުނި އެއްޗެއް ބުނީ އަސްލަށް!

# ފިލްމު ސާޔާ

--

އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ދިވެހި ބިރުވެރި ފިލްމު "ސާޔާ" ގެ ޓްރެއިލަރ މިއަދު ބެލުންތެރިންނާއި ހަމަޔަށް އާންމު ކޮށްފިއެވެ.

ގޮސިޔާ

އާންމު ކޮށްފައިވާ މި ފިލްމުގެ ޓްރެއިލަރ އިން ބިރުވެރި ކަމާއި، ނާމާންކަން އިހުސާސު ވިއެވެ. އަދި މި ޓްރެއިލަރ އިން ވަނީ ލޯތްބާއި ބައެއްގެ ތެރޭގައި އޮތް ނަފްރަތު ވެސް ފެނިގެން ގޮސްފައެވެ.

މި ޓްރެއިލަރގައި އާޝާ ކުރާ ސުވާލުތަކުގެ ޖަވާބު އާޝާއަށް އިނގޭނެ ކަމަށާއި، ޔޫއްޕެ ބުނި އެއްޗެއް ބުނަނީ އަސްލަށް ކަމަށް ޔޫއްޕެ ބުނެއެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ހަމަޖެހިފައިވާ "ސާޔާ" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ފެނެ އެވެ.

Watch on YouTube

ފިލްމުގެ ސްކްރީންޕްލޭ ލިޔެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ވެސް ޔޫއްޕެ އެވެ. ކެމެރާކުރީ ޝިމާޒް އަބްދުﷲ (މާސްކޭ) އެވެ. އަދި ފިލްމުގެ ޑިޒައިނިންގެ އެންޑް އެނިމޭޝަން އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ ހުސައިން ސިނާން އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ.

މީގެ ކުރީން ޝައި ޕްރޮޑަކްޝަން އިން ވަނީ ބިރުވެރި ކޮމެޑީއެއް އުފައްދާފަ އެވެ. އެއީ "ފޯޓީ ޕްލަސް" އެވެ. މިއީ އެ ސްޓޫޑިއޯ އިން އުފައްދާ ލޯބީގެ ބިރުވެރި ފުރަތަމަ ފިލްމެވެ.

.‎ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނި ގޮތުގައި ފިލްމުގެ ޓިކެޓް އިއްޔެއިން ފެށިގެން ވަނީ ވިއްކަން ފަށާފަ އެވެ

ޓިކެޓް ވިއްކަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ ޓިކެޓް ގަނެފަ އެވެ. ޝަފީގު ވަނީ ބެލުންތެރީންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ