logoEN
cocacola
ޔަހޫދީން ޚާން ޔޫނުސްގައި ކާރަކަށް އަމާޒުކޮށް ބޮން އަޅައި 4 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީން ޚާން ޔޫނުސްގައި ކާރަކަށް އަމާޒުކޮށް ބޮން އަޅައި 4 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

7/24/2024, 3:59:37 PM

# ޚާން ޔޫސުން

ޔަހޫދީން ޚާން ޔޫނުސްގައި ކާރަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ބަޔަކު ޝަހީދުވެއްޖެ އެވެ.

ގޮސިޔާ

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ހަމަލާއަމާޒުކޮށްފައިވަނީ ފަ ޚާން ޔުނިސް އިލެކްޓްރިކް ކުންފުނީގެ ކާރަކަށެވެ. ހަމަލާ އަމާޒުވިއިރު ކާރުގައި ތިބީ 4 މީހުން ކަމަށާއި އެ އެންމެންވެސް ޝަހީދުވެފައިވާ ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.

އަލްޖަޒީރާއަށް ލިބިފައިވާ އެކްސްކްލޫސިވް ވީޑިއޯތަކާއި ހަވާލާދީ އެނޫހުން ބުނީ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޮން ގޮއްވާލިތާ ކުޑަ އިރުކޮޅެއް ފަހުން މަރުވި މީހުންގެ ހަށިތައް ހޯދުމަށާއި ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީހުން އަވަސްވެގަތް އިރު އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އަދި ކާރުތެރޭގައި މަރުވި މީހުންގެ ހަށިތައް ހުރިތަން އެ ފުޓޭޖުން ފެންނަ ކަމަށާއި އެއީ އިލެކްޓްރިކް ކުންފުންޏަށް ބޭނުންވާ ސާމާނު ހިފައިގެން ދަތުރުކުރަމުން ދިޔަ ކާރެއް ކަމަށް އަލް ޖަޒީރާގެ މަސްދަރުތަކުން ކަށަވަރުވެފައިވާ ކަމަށްވެސް އެނޫހުން ބުނެއެވެ.

ޚާން ޔޫނުސްއަށް ޔަހޫދީން މި ހަފްތާގައި ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަ އިރު ދާދި ފަހުން ޚާން ޔޫނުސްއަށް ދިން ވަރަގަދަ ހަމަލާއެއްގައި 120 އަށްވުރެ މީހުން ވަނީ ޝަހީދުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ