
--
އަންނަ ހުކުރު ދުވަހު ދިވެހި ސިފައިންނާއި ދިވެހި ކެޑޭޓުންގެ ޕެރޭޑް މާލޭގައި އޮންނާނެ އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މިރޭ ވަނީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތަފްސީލްތައް ހާމަކޮށްފައެވެ.
އެގޮތުން މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ މާލެ އާއި އަތޮޅުތަކުގައި މީހުން ދިރިއުޅޭ ހުުރިހާ ރަށެއްގައި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހުގައި އެވެ.
މިނިވަސް ދުވަސް ފާހަގަކުރުމަށް ބާއްވާ ދިވެހި އަސްކަރިއްޔާގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހި ރާއްޖޭގެ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު އެވެ. އެގޮތުން މި ޕެރޭޑްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ ބޮޑެތި މަގުތަކުގައި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި އެވެ.
ހޮނިހިރު ދުވަހު ދިވެހި ރާއްޖޭގެ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ހެވިކަމުގެ ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދިވެހި ސިފައިންގެ ފަރާތުން އެކަންޏެވެ. އެގޮތުން ސިފައިންގެ ފަރާތުން ބާއްވާ ހެވިކަމުގެ ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 އޮގަސްޓު ވާ ހުކުރު ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް މިއަހަރު ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައިވަނީ ހަރަދު ކުޑަކޮށެވެ.
ގުޅުންހުރި

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން މިއަހަރުވެސް ނުބާއްވާނެ!

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ޕެރޭޑް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ސިފައިންގެ ޝަރަފްގެ ހިނގާލުން މިއަދު ހަވީރު މާލޭގައި




