logoEN
cocacola
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ސައިބަރ ސޭފްޓީ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ސައިބަރ ސޭފްޓީ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

އަލްފާ އަލީ

logo

7/24/2024, 7:25:21 AM

# ޓެކްސް އެޕީލް ޓްރައިބިއުނަލް# ފުލުހުން

-

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސައިބަރ ސޭފްޓީ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ގޮސިޔާ

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އާއްމުކޮށް ހުށަހެޅޭ ސައިބަރ ކްރައިމްގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޝަހުސު އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ސޯޝަލް މީޑިއާ ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ފޯނަށް ނުވަތަ އީމެއިލްއަށް އަންނަ އޯޓީޕީ އެހެން ފަރާތަކާއި ހިއްސާ ނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އެފަދަ ލިންކުތައް ފޮނުވައިގެން ހިންގާ ސްކޭމްތަކާއި، އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކުގެ އިތުރުން ބިރުދައްކައި ބްލެކްމެއިލް ކުރުންފަދަ ކަންކަން ކޮށްގެން ހިންގާ ސްކޭމް ތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި އެފަދަ ސްކޭމްތަކުން މުވައްޒަފުންނާއި އޮފީސް މާހައުލު ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އޮފީސް މާހައުލުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުން ރައްކާތެރިކުރުވުމަށް އެ އިދާރާގެ އެދިލެއްވުމަކަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ