logoEN
cocacola
ތިނަދޫ ސިޓީގައި ހިންގާ އެތްލެޓިކްސް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިނަދޫ ސިޓީގައި ހިންގާ އެތްލެޓިކްސް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަސަން ޝާއިން

logo

7/23/2024, 1:24:07 PM

# ރައުހަތު ސްޕޯޓްސް

ތިނަދޫ ސިޓީގައި ބޭއްވުނު އަތޮޅު ކައުންސިލް އެތްލެޓިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައުހަތު ސްޕޯޓްސް ފޭސްބުކް ޕޭޖުން

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ރައުހަތު ސްޕޯޓްސް ގުޅިގެން ތިނަދޫ ސިޓީގައި އެތްލެޓިކްސް ކޯޗިންގ އަދި ޓެކްނިކަލް އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ބާއްވަން ނިންމައި، މި ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

ރައުހަތު ސްޕޯޓްސްގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި އެކުލަބުން ތިނަދޫގައި މިފަދަ ޕްރޮގުރާމެއް ހިންގުމުގެ އެންމެ ބޮޑު އެއް ބެނުމަކީ ތިނަދޫގައި މިކުޅިވަރަށް ކުރިން އޮތް ފޯރި އަނބުރާ ގެނައުމެވެ. އަދި ތިނަދޫގައި ކުރިއަށްދާ ނެޝަނަލް ޕޫލަށް ކުދިން އިތުރުކޮށް އެތްލެޓިކްސްގައި ތިނަދޫ ކުރިން އޮތް މަގާމަށް އަނބުރާ ގެންދިއުމެވެ.

އެކަމަށްޓަކައި މިވަގުތައް އެންމެ މުހިންމު ކަމެއްގެގޮތުގައި އެސޯސިއޭޝަނާއި ގުޅިގެން ކުލަބުން މަސައްކަތް ކުރަމުން ދަނީ ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުން ތަމްރީނުކުރުމަށެވެ. އޭގެ ސަބަބުން ރަށުގެ ސްކޫލްތަކުގައި އެތްލެޓިކްސް ހަރަކާތްތައް ބޭއްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ޕްރޮގުރާމުގައި ލެކްޗަރާއެއްގެ ގޮތުގައި ކިޔަވާދެއްވަނީ ރާއްޖޭގައި މިވަގުތު ހުރި އެންނެ ތަޖުރިބާކާރު ލެކްޗަރާ މުސާ ރަޝީދު (އެސްޕީ) އެވެ. އެސްޕީ އަކީ ވޯލްޑް އެތްލެޓިކްސް ލެވެލް ދޭއްގެ ލެކްޗަރާ އެކެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ކާމިޔާބު ގިނަ ޕްރޮގުރާމްތަކެއް ހިންގާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.

25 ޖުލައި 2024 އިން 27 ޖުލައި 2024 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7546630 ނަންބަރު ފޯނަށް އައިޑީ ކާޑު ވައިބާ ކޮއްލުމަށް ރައުހަތު ސްޕޯޓްސް އެދިފައިވާއިރު، ޖުލައި 25 ވަނަ ދުވަހާއި ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ