logoEN
cocacola
12 ބައިވެރިންނާއި އެކު އެމްއޭސީއެލުން ބޭސިކް ފަޔާ ފައިޓާރ ކޯސް ފަށައިފި

12 ބައިވެރިންނާއި އެކު އެމްއޭސީއެލުން ބޭސިކް ފަޔާ ފައިޓާރ ކޯސް ފަށައިފި

އަހުމަދު ޝުރާއު

logo

7/21/2024, 4:19:41 PM

# އެމްއޭސީއެލް

--

އެއާޕޯޓުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމަށް އަލިފާން ނިއްވާ މީހުން ތަމްރީނު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިއަށް ގެންދާ ފައިޓާ ކޯހުގެ 29 ވަނަ ބެޗު މިއަދު ފަށައިފި އެވެ.

ގޮސިޔާ

އެމްއޭސީއެލުން ބުނީ 43 ދުވަހަށް ކުރިއަށް ގެންދާ މި ކޯހަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

އެގޮތުން މިފަހަރުގެ ބެޗުގައި 12 ފަރާތަކުން ކޯހުގައި ބައިވެރިވެފައި ވެއެވެ.

އެމްއޭސީއެލް އިން ދާދި ފަހަކުން ވަނީ ވީއައިއޭގައި އާ ފަޔަރ ސްޓޭޝަނެއް ހުޅުވައި ހިދުމަތްދޭން ފަށާފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީތަކާއިއެކު ތައްޔާރު ކޮަށްފައިވާ މި ފަޔާ ސްޓޭޝަންގައި ކުއްލި ހާލަތުގައިވެސް ހިދުމަތް ދެވޭގޮތަށް ވަނީ ގާބިލްކަން އިތުރުކޮށްފައެވެ.

View post on Twitter

އެމްއޭސީއެލުން މަސައްކަތް ކުރަމުންދަނީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ ރައްޔިތުންނަށް ކެނޑިނޭޅި ހިދުމަތް ދެވޭނެގޮތް ހެދުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ