logoEN
cocacola
ހުޅުލެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް!

ހުޅުލެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

7/20/2024, 3:19:44 PM

# ދިވެހި ސިފައިން

--

ރާއްޖޭގައި މައި އެއާޕޯޓު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ރަށް ކަމަށްވާ ހުޅުލޭ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

ސިފައިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ ހުޅުލެ ފަޅުގައި އޮތް އޮޒެން ރިޒަރވް ބޮލިފުށި ރިސޯޓުގެ "އަލްދޫރަ" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީން ރޫމްގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 14:58 ހާއިރު މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ލޯންޗުގެ އިންޖީން ރޫމްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 15:46 ހާއިރުއެވެ.

މި ހާދިސާގައި އެ ލޯންޗުގެ އިންޖީނާއި އިންޖީން ރޫމަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ