logoEN
cocacola
ދިވެހި އަސްކަރިއްޔާއިން އެމެރިކާ އަސްކަރިއްޔާއާއި ގުޅިގެން ކުރިޔަށްގެންދަ ތަމްރީން ކާމިޔާބުކަމާއިއެކު ނިންމާލައިފި

ދިވެހި އަސްކަރިއްޔާއިން އެމެރިކާ އަސްކަރިއްޔާއާއި ގުޅިގެން ކުރިޔަށްގެންދަ ތަމްރީން ކާމިޔާބުކަމާއިއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

7/19/2024, 4:41:03 PM

# ދިވެހި ސިފައިން

--

އެމެރިކާ އަސްކަރިއްޔާއާއި އެމްއެންޑީއެފުން ގުޅިގެން ހިންގާ "އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް" ތަމްރީނު، އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ގޮސިޔާ

މިކަމަށް ޓަކައި މިއަދު ހެނދުނު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ހުގޯ ޔޮންއެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ކުރިއަށްގޮސްފައިވަނީ ޖޫން 25 އިން ފެށިގެން ޖުލައި 19 ވަނަ ދުވަހުގެ ނިޔަލަށް، ލ .އަތޮޅުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ.

މި ތަމްރީނުތަކުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި އެމްއެންޑީއެފް މެރިން ކޯރގެ މެރީންސް ބައިވެރިވިއެވެ.

އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މި ތަމްރީނުގައި، މުދައްރިބުންގެ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

"އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް" ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާތިޙާއި މި އެކްސަސައިޒުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ