
--
ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ފުވައްމުލަކަށް ވަޑައިގެން ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިނިސްޓަރ ޣައްސާން މިއަދު އެ ސިޓީއަށް ވަޑައިގެން ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންތައްތަކަކާއި ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި ރައްޔިތުންނާއި ގުޅުންހުރި އެކި ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް މިހާރަށްވުރެން ރަނގަޅަށް ކުރެވިދާނެ ގިނަ ކަންތައްތަކާ މެދު މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އަދި ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅުންހުރި

ވަޒީރު ޙަސަން ރަޝީދު ސަދަން އޭރިޔާގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެއަރ ކޯރގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފި

ބަންގްލަދޭޝްއާއިއެކު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އޮސްޓްރޭލިޔާއާއިއެކު ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި




