logoEN
cocacola
އައްޑޫ ސިޓީގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫ ސިޓީގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

7/13/2024, 8:45:37 AM

# ދިވެހި ސިފައިން

--

އައްޑޫ ސިޓީ ހިތަދޫ، ސީޝެލްސް ރެސްޓޯރެންޓް ކުރިމަތީ ވަލުތެރޭ ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

ގޮސިޔާ

ސިފައިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 21:08 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވާ ކަމަށެވެ.

މިގޮތުން، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭ ރޯވި އަލިފާން ނިއްވާލެވުނީ 21:58 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް ސިފައިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ