logoEN
cocacola
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދަށް ފާހަނާ ބްލޮކާއި އައުޓްޑޯ  ޝަވަރުތަކެއް!

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދަށް ފާހަނާ ބްލޮކާއި އައުޓްޑޯ ޝަވަރުތަކެއް!

އަހުމަދު ޝުރާއު

logo

7/11/2024, 5:38:42 PM

# ހުޅުމާލެ

--

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޫދަށް އެރޭ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވަރާ ފާހަނާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ.

ގޮސިޔާ

އެގޮތުން އެޗްޑީސީއިން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ފާހަނާ ބްލޮކާއި އައުޓްޑޯ ޝަވަރުތަކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ.

މި މަސައްކަތް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވުމަށްޓަކައި އެޗްޑީސީއިން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން ކަމަށް އެކުންފުނިން ބުނެއެވެ.

View post on Twitter

މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭަހަ ކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން އަންނަނީ ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދުގައި ވިޔަފާރި ކުރެވޭނެގޮތަށް ހުޅުމާލެ ރުއްގަނޑު 3 ގައި ކިއޮސްަކުތައް ވެސް ގާއިމްކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ