
އިންޓަރނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަންގެ މެމްބަރު ޤައުމަކަށް ވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
# ދިފާއީ ވުޒާރާ--
އިންޓަރނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަންގެ މެމްބަރު ޤައުމަކަށް ވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ދިފާއީ ވުޒާރާއިން އިއްޔެ ބުނީ އިންޓަރނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަންގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ އެކު މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއިން މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އިންޓަރނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަންގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވުމުން، އެކަމުން ދިވެހިރާއްޖޭގެ ހައިޑްރޯގްރަފީގެ ދާއިރާއަށް ލިބޭނެ ކުރިއެރުންތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށް، ހައިޑްރޯގްރަފީގެ ދާއިރާއިން ދިވެހިރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
އަދި މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއިން މެރިން ސްޕޭޝިއަލް ޑޭޓާ އިންފްރަސްޓްރަކްޗަރ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ގުޅުންހުރި

ދެ ޤައުމުގެ އިސްތިޤްލާލަށް އިޙްތިރާމްކުރުމާއެކު، ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިންޑިއާއިއެކު މަޝްވަރާކޮށްފި

ނޭޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އަދި އަރބަން ރެސިލިއަންސް އާ ގުޅޭ ޓްރެއިނިންގ ވާކްޝޮޕް ފަށައިފި

ދިފާއީ ވަޒިރު ފުވައްމުލައް ސިޓީގައި!
