
-
މި ސަރުކާރު އައި ފަހުން މަސްވެރިންނަށް މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން ބުނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް 998.7 މިލިއަން ރުފިޔާ ދޫކޮށް ނިންމާފައިވާ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެފައިވާތީ, ދާދިފަހުން އައްޑޫގެ މަސްވެރިން ވަނީ އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. މަސްވެރިންގެ އެ އިހުތިޖާޖުތައް ހުއްޓާލީ ފައިސާ ޖަމާކުރަން ފެށުމުންނެވެ.
މިފްކޯއިން މިހާރު ވަނީ މަސް ގަންނަ އަގަށް ބަދަލު ގެނެސް އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބެލުމަށްފަހު ކޮންމެ ހަފްތާއަކު މަސްގަންނަ އަގު ކަނޑައަޅަން ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް މަސްގަންނަ އަގު މިފްކޯއިން އާއްމުކުރާނެ އެވެ.
ގުޅުންހުރި

ވޭވަށުގައި ގާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ފަށައިފި

ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ޖަޕާނު އެމްބަސީއާއެކު މިފްކޯއިން މަޝްވަރާކޮށްފި

މިފްކޯއިން ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން ޖަޕާނުގެ“ޖެޓްރޯ” އާއެކު މަޝްވަރާކޮށްފި

.gif&w=3840&q=75)



