logoEN
cocacola
ރީޖަނަލް ހޮސްޕިޓަލްތަކުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭ ވަގުތު އިތުރުކުރަނީ

ރީޖަނަލް ހޮސްޕިޓަލްތަކުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭ ވަގުތު އިތުރުކުރަނީ

އަލްފާ އަލީ

logo

7/3/2024, 10:14:50 AM

# ހެލްތު މިނިސްޓްރީ

-

ރާއްޖޭގެ 5 ސަރަހައްދުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ޚާއްސަ ޑޮކްޓަރުންގެ ހިދުމަތުގެ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.

ގޮސިޔާ

ހެލްތު މިިނިސްޓްރީން ބުނީ, މީގެ ކުރިން އެއް ދަންފަޅިއަށް ދެމުން އައި ހާއްސަ ޑޮކްޓަރުންގެ ހިދުމަތް, މިމަހުން ފެށިގެން 5 ރީޖަނަލް ހޮސްޕިޓަލެއްގައި ދެ ދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން, ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ތިނަދޫ ސިޓީ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދެ ދަންފަޅިއަށް މި ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށާފައިކަމަށާއި ދެން ހުރި ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދެ ދަންފަޅިއަށް ހިދުމަތްދޭން ފެށުމުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ބަލި މީހުން ދެއްކުމުގެ ހިދުމަތްތަށް ލިބޭ ވަގުތު އިތުރުވެގެންދާނެއެވެ. އެގޮތުން މީގެކުރިން އެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ހިދުމަތްދެމުން އައީ ހެނދުނު 9:00 އިން 16:00 އެކަންޏެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު ހަވީރު 16:00 ރޭގަނޑު 9:00 ނޫނީ 10:00 ޖެހުމާއި ހަމައަށްވެސް މި ހިދުމަތް އެ ހޮސްޕިޓަލްތަކުން ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ