logoEN
cocacola
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ބޭފުޅުންނާ ވަޒީރު ޝިޔާމް ބައްދަލުކުރައްވައިފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ބޭފުޅުންނާ ވަޒީރު ޝިޔާމް ބައްދަލުކުރައްވައިފި

އަލްފާ އަލީ

logo

7/2/2024, 11:31:14 AM

# އަހުމަދު ޝިޔާމް# ބީކޭއެމްޔޫ# ބޮޑުކަންނެލި މަސްވެރިކަން

-

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ބޭފުޅުންނާ, މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ ފަރާތުން ވަނީ ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ވަޒީރު ޝިޔާމް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ކަންނެލި މަސްވެރިންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމިއްލަ ކުންފުނިތަކަށް ވިއްކާ މަހަށް ފައިސާ ނުލިބުންކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން, ދޯނިތައް މަހަށް ފުރުމަށް ކްރެޑިޓަށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވުޒާރާއިން މަސައްކަތްކޮށްދެއްވުމަށް ބީކޭއެމްޔޫއިން ވަނީ އެދިލައްވާފައެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ