logoEN
cocacola
"އޮޕަރޭޝަން ކުރަނގި" ތެރެއިން މާފުށިން މިހާތަނަށް 1000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

"އޮޕަރޭޝަން ކުރަނގި" ތެރެއިން މާފުށިން މިހާތަނަށް 1000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

އަހުމަދު ޝުރާއު

logo

6/29/2024, 3:26:30 PM

# އޮޕަރޭޝަން ކުރަނގި

--

މާފުށީގައި މިހާރު ކުރިޔަށްދާ 'އޮޕަރޭޝަން ކުރަނގި' ގެ ތެރެއިން މިހާތަނަށް 1000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފި އެވެ.

ގޮސިޔާ

ހޯމް މިނިސްޓްރީއިން މިރޭ ވަނީ މި އޮޕަރޭޝަންގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މިޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެމިނިސްޓްރީއިން ބުނީ މިހާތަނަށް މާފުށިން 1076 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އީދު ބަންދަށް މި މަސައްކަތް ހުއްޓާލިއިރު 800 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާ ކަމަށް އެމިނިސްޓްރީއިން އިއްޔެ ބުނެފައިވާއިރު އިއްޔެއިން ފެށިގެން މިރޭގެ ނިޔަލަށް މައުލޫމާތު އެއްވެފައިވަނީ 200 ބިދޭސީންގެ އެވެ.

މާފުއްޓަކީ މި ޕްރޮގްރާމްގެ ދަށުން މަޢުލޫމާތު އެއްކުރާ ދެވަނަ ރަށެކެވެ.

ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ޤާއިމުކުރުމަކީ ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ. މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެއެވެ.

މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފުރަތަމަ މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔަނަމަވެސް، ރާއްޖެ 5 ސަރަޙައްދަށް ބަހާލައިގެން އެ މަސައްކަތް ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައިވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ