
-
ޑިޖިޓަލް ޒަމާނުގައި އިތުބާރު ބިނާކުރުން (ސައިބަރ ސެކިއުރިޓީގެ ވެށި ނެވިގޭޓްކުރުމަށް އައު ޙައްލުތަކާއި ސްޓްރެޓެޖީތައް ބަލައި ދިރާސާކުރުން) އާއި ގުޅޭގޮތުން ބޭއްވޭ ޗައިނާ-އޭޕެކް "ކްލޯޒްޑް ޑޯ" ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެ ވަޑައިގެންފިއެވެ.

މިފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ ސައިބަރ ސެކިއުރިޓީއަށް އިތުބާރު ޤާއިމުކޮށް އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ މިންގަޑުތަކާއި މުޢާހަދާތަކުގެ މުހިންމުކަމުގެ ދިރާސާއެއްކުރުމަށެވެ.
އޭގެ އިތުރުން ސައިބަރ ސެކިރިޓީގެ ދާއިރާ ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖަންސް، ފަދަ ޓެކްނޮލޮޖީ ދިވެހިރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ފުޅާ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމާއި, ސައިބާރ ސެކިއުރިޓީގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރާއި، ތަޢުލީމީ ދާއިރާ އަދި އާންމު ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ.
ޗައިނާގެ ޖީ.އެސް.އެމް.އޭ އޭޝިޔާ ޕެސިފިކް ރީޖަންގެ ފަރާތުން އިންތިޒާމުކުރި މި ފޯރަމްގައި ދިވެހިރާއްޖޭގެ އިތުރަށް ނޭޕާލް، މޭލޭޝިޔާ، ތައިލެންޑްގެ އިތުރަށް ބަނގްލަދޭޝްއިން ވަނީ ބައިވެރިވެފައެވެ.
ގުޅުންހުރި

ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ 3 ބާރާއެކު މީޑިއާއާއި ރައްޔިތުން ނިޒާމުގެ މަފުހޫމް ހޭހަންކޮށް - އާދަމް ޝަރީފް

ރާއްޖޭގައި ހުރި ހުރިހައި ނިޒާމެއް، ލާމަރުކަޒީ ނިޒާމަށް ފަހިވެފައި އަދި ނެތް - އާދަމް ޝަރީފު
