
ހިޔާ ފްލެޓްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ, ހިޔާ ފްލެޓްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑީއޯއެއް ޖޫން 19ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އާއްމުވެފައިވާ ވީޑިއޯއިން ,3 މީހުންގެ ގްރޫޕަކުން އެކަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ފެނިގެންދެއެވެ. މި ގްރޫޕުގައި ހިމެނޭ މީހުންނަކީ ކޮން އުމުރެއްގެ ބައެއް ކަމެއް ސާފު ނުވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު, މިހާތަނަށް އެއީ ކޮންބައެއް ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.
ގުޅުންހުރި

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ

ޔޫ.އެސް ޑިޕްލޮމެޓިކް ސެކިއުރިޓީން ކޭނައިން ޓްރެއިންގްތަކެއް ކުރިއަށް ގެންގޮސްފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި




