
-
ރާއްޖެއިން ފެނުނު ނުރައްކާތެރި މެނިގޯކޮކަލް ކޭސް އާއި ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ރާއްޖެ އިން ފެނުނު މެނިންގޯކޮކަލް ކޭހާ ގުޅޭ ގޮތުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, އެ ކޭސް އާއި ގުޅިގެން އެޗްޕީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޮންޓެކްޓުން މިހާރު ދެނެގަނެވިފައިވާކަމަށް ވަނީ ވިދާޅުވި އެވެ.
މި ކޭސް އާ ގުޅިގެން 46 ކޮންޓެކްޓުން ދެނެގަނެވިފައިވާކަން ފާހަގަކޮށް އަޝްރަފު ވިދާޅުވީ ބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުޞަތު ނައްތާލާފައިވާ ކަމަށެވެ.
އަޝްރަފް ވިދާޅުވީ މިބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫންކަމަށާއި, ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އަދި އެކަމަށް ޑޮކްޓަރުން އިރުޝާދުދޭ މީހުންނަށް އެކަނި ކަމަށެވެ.
މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ވާނުވާ ނޭނގުމާއި ހަށިގަނޑުގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން ފަދަ ކަންކަން ހިމެނެ އެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީހާ ވެދް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.
ގުޅުންހުރި

އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވަނީ

ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!
